ތުޅާދޫ ވިލުން މަސްތުވާތަކެތި ފެނިއްޖެ

ތުޅާދޫ ވިލު ތެރެއިން ފެނުނު މަސްތުވާތަކެތި--- ފޮޓޯ/ ޕޮލިސް

ބ. ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުން ބަޔަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު 12:00 އެހާކަންހާއިރު ތުޅާދޫ ވިލުތެރޭގައި މަސްބާނަން އުޅުނު ޑިންގީއަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވީޑުގެ ހަތަރު ޕެކެޓު ހޮވާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށާއި އަދި އެ ތަކެތި ފެނުނު ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް