ބުރިޖު އަޅަން ހެދި ވަގުތީ ޕްލެޓްފޯމް އެއްކޮށް ނަގައިފި

ސިނަމާލެ ބުރިޖު ހެދުމަށް ހެދި ފާލަމުގެ ހޮޅިތައް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅާފައިވާ "ސިނަމާލެ ބުރިޖް"ގެ މަސައްކަތް ކުރުމަށް އެޅި ވަގުތީ ޕްލެޓްފޯމް އެއްކޮށް ނަގައިފި އެވެ.

އެ ޕްލެޓްފޯމް އެއްކޮށް ނަގާފައި ވަނީ އިއްޔެ އެވެ. މީގެ ކުރީން ވެސް ވަނީ ބުރިޖު އާންމުންނަށް ހުޅުވާލުމުގެ ކުރިން އެ ޕްލެޓް ފޯމްގެ ބޮޑު ބައެއް ނަގައިފަ އެވެ.

ބުރިޖް ހެދުމުގެ މަސައްކަތަށް ބޭނުންވާ ގިނަ ސާމާނު އުފުލީ މި ޕުލެޓްފޯމްގެ މަތިންނެވެ. މިހާރު ބުރިޖު މަސައްކަތް މުޅިން ވަނީ ނިމިފަ އެވެ.

ނަމަވެސް ދެ އަހަރު ވަންދެން ބުރިޖުގެ މެއިންޓެނެންސްގެ މަސައްކަތް، ޗައިނާގެ ސީސީސީސީ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަ ޖެހިފަ އެވެ.

ސިނަމާލެ ބްރިޖް ހެދުމަށް ހެދި ފާލަމުގެ ހޮޅިތައް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯން އެހީ އާއި އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ހަދާފައިވާ ބްރިޖް ރަސްމީކޮށް ހުޅުވާފައި ވަނީ، މިދިޔަ އަހަރު އޮގަސްޓް މަހު 30 ވަނަ ދުވަހު އެވެ. އަދި އާންމު ދަތުރުފަތުރުތަކަށް ބުރިޖު ހުޅުވައިލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

comment ކޮމެންޓް