އެމެރިކާގެ މަޝްހޫރު ބަތަލާ ލިންޒީ ލޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ބ އަތޮޅު އަމިއްލަފުށީގައި ލިންޒީ އާއި އޭނާގެ ކޮއްކޮ ލޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އުމުރުން 32 އަހަރުގެ ބަތަލާގެ އިންސްޓަގްރާމް ސްޓޯރީގައި ރާއްޖޭގެ ގުދުރަތީ މަންޒަރު ފެންނަ ގޮތަށް ވަނީ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފައެވެ.
"ދުވަސްގަނޑަކަށްފަހު ޗުއްޓީއަކަށް މިއާދެވުނީ. އަސްލު ވަރަށް އުފާވޭ ރާއްޖެއަށް އާދެވުނީމަ،"
ލިންޒީ މަޝްހޫރުވީ ކާމިޔާބު ފިލްމު "މީން ގާލްސް"އިންނެވެ. އޭނާގެ ބައެއް ފިލްމުތަކުގެ ތެރޭގައި "ފްރީކީ ފްރައިޑޭ" އަދި "ލައިފް ސައިޒް" ހިމެނެއެވެ.
ލިންޒީ އިސްލާމްވިކަމުގެ ހަބަރުވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. ލިންޒީ އިސްލާމްވި ކަމަށް ބުނާ ހަބަރުތައް އެންމެ ފުރަތަމަ ފެންމަތިވީ 2015 ވަނަ އަހަރު ލިންޒީ ގުރުއާނުގެ ކޮޕީއެއް ހިފައިގެން ހުރި ފޮޓޯ އަކާއި، ތުރުކީއަށް ކުރި ދަތުރެއްގައި ސްކާފެއް އަޅައިގެން ހުރި ފޮޓޯއެއް އާއްމުވުމުންނެވެ. އަދި އެފަހަރު އެމެރިކާގެ ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔައިވެސް ހެދި އެވެ.
ނަމަވެސް ލިންޒީގެ މަންމަ ޑީނާ ވަނީ އެ ހަބަރުތައް ދޮގުކޮށްފައެވެ.