ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާއަށް

ޑިފެންސް މިނިސްތަރު މާރިޔާ -- ސަން ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މި ހަފްތާ އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ހަބަރުތައް ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މިނިސްޓަރަށް ހުށަހަޅުއްވާނެއެވެ. މިއި 2016 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކުރެވުނު އަސްކަރީ ގުޅުމުގެ އެއްބަސްވުމުގެ ދަށުން ހަރުކުރާ ރާޑަރު ސިސްޓަމެކެވެ.

ނަމަވެސް އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ހީނަރުވެ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން ރައީސް ޔާމީނުގެ ސަރުކާރުގައި ބަދަހިވުމާއެކު އެ ރާޑަރު ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މަޑުޖެހުނެވެ.

އިންޑިއަން އޯޝަންގެ މެރިޓައިމް ކަންތައްތައް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖޭގެ އިތުރުުން ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ސީއެސްއާރު ހަރުކުރުމަށް ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ހަބަރުތައް ބުނެއެވެ.

ސީޝެލްސް، މޮރިޝަސް އަދި ލަންކާގައިވެސް މިފަދަ ސިސްޓަމްތައް ހަރުކޮށް އިންޑިއާގެ އެހީއާއެކު ދަނީ ބޭނުން ކުރަމުންނެވެ. ރާއްޖޭގެ އިތުރުން މިޔަންމާ އާއި ތައިލެންޑު އަދި ބަންގުލާދޭޝްގައި ވެސް މީގެސިސްޓަމްތައް ހަރުކުރުމަށް އިންޑިއާ އިން ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް