އީޝާ ޑިއޯލް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ!

އީޝާ ޑިއޯލް އެންމެ އަވަހަށް ފެނިގެންދާނީ ކުރު ފިލްމަކުން---

ބޮލީވުޑް އެކްޓްރެސް އީޝާ ޑިއޯލް ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަމަށް އޭނާ ޔަގީންކޮށްދީފި އެވެ.

ބޮލީވުޑުގެ ކާމިޔާބު ބަތަލާ ހެމާ މާލިނީ އާއި އެކްޓަރު ދަރްމެންދުރަގެ އަންހެން ދަރި އީޝާ ދެ ވަނަ ދަރިއަކަށް ބަލިވެއިންކަން ހާމަކުރީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.

ފޮޓޯގައި އީޝާގެ ފުރަތަމަ ދަރިފުޅު ރާދިޔާ ބޮޑު ދައްތައަށް ވާން އުޅޭކަމަށް ވަނީ ޖަހައިފަ އެވެ. ބަނޑުބޮޑުކަން ޔަގީންކޮށްދިން ނަމަވެސް އޭނާގެ ބަނޑަށްވީ ކިތައް މަސްކަމެއް ހާމަކޮށްފައެއްނުވެ އެވެ.

އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓު މަހުގަ އެވެ.

View this post on Instagram

A post shared by Esha Deol (@imeshadeol) on

އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނި ކޮށްފައި ވަނީ 2012 ވަނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށި އެވެ.

އެއަށް ފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ'ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.

comment ކޮމެންޓް