ގެނބުނު ފިލިޕީންސް ފިރިހެން މީހާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން: އޮޓޮޕްސީ

މަރުވި ފިލިޕިންސްގެ ދެ ފަތުރުވެރިން ---

ރާއްޖޭގައި ހަނީމޫނަށް އައިސް އުޅުނު ފިލިޕީންސްގެ ދެމަފިރިން ގެ ތެރެއިން ފިރިހެން މީހާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ގެނބިގެން ކަމަށް އެ ދެމީހުންގެ އޮޓޮޕްސީ ރިޕޯޓުގައި ބުނެފިއެވެ.

އެ ދެމީހުން މަރުވެފައިވަނީ ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓު ހިންގާ ކ. މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ.

ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް މަރުވީ 29 އަހަރުގެ ލިއޯމަރ ލަގްރަޑިއާ 30 އަހަރުގެ އެރިކާ ޖޯއިސް ލަގްރަޑިއާ އެވެ. އެ ދެމީހުންގެ ހަށިގަނޑު ފިލިޕީންސް އަށް ގެންގޮސް އޮޓޮޕްސީ ރިޕޯޓު ހަދާފައިވާއިރު އާއިލާ އާއި ހަވާލާދީ ފިލިޕީންސްގެ ނޫހަކުން ބުނެފައިވަނީ ފިރިހެންމީހާ ލިއޯމަރ ލަގްރަޑިއާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ އަންހެނުން މަރުވީ ފިރިހެންމީހާ ސަލާމަތްކުރަން އުޅެނިކޮށް ގެނބިގެންކަމަށްވެސް އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ އާއިލާ އިން ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކައިވެނިކުރި އެ ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އެދެމަފިރިންގެ ހަށިގަނޑި ފިލިޕީންސަށް ފޮނުވާލީ ޓޫރިޒަމް މިނިސްޓްރީ އިން ހަރަދުކޮށްގެންނެވެ.

https://sun.mv/113985

comment ކޮމެންޓް