ކަމަލާ ހެރިސް އެމެރިކާގެ ރިޔާސީ ރޭހަށް ނިކުންނަވަނީ

ކަމަލާ ހެރިސް ---

އެމެރިކާ ސެނެޓުގެ މެންބަރު ކަމަލާ ހެރިސް އެގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ކަމަލާ އަކީ 2011 އިން 2017 އަށް ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭކަނބަލެކެވެ. އޭގެ ކުރިން ސެންފްރެންސިސްކޯގެ ޑިސްޓްރިކްޓް އެޓާނީގެ މަގާމުވެސް ކަމަލާ ދޭވީ ފުރުއްވިއެވެ.

އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ކަމަލާ އެކަން އިއުލާނު ކުރެއްވުމަށްފަހު ވިދާޅުވީ ގައުމަށްޓަކައި ތެދުވެ، ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލް ކުރުމަށް މިހާރު މަސައްކަތް ފަށަން ވެއްޖެ ކަމަށެވެ.

އެމެރިކާ މިހާރު މިސްރާބު ޖަހަންވީ ކޮން ދިމާލަކަށްކަން އެނގިވަޑައިގަންނަވާ ކަމަށާއި އާންމުން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައް ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކަމަލާގެ ބައްޕައަކީ ޖެމެއިކާ އަށް ނިސްބަތްވާ ބޭފުޅެކެވެ. މަންމަ އަކީ އިންޑިޔާގެ ތަމަޅަ ނަސްލުގެބޭފުޅެކެވެ.

ކަމަލާ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ވެއްޖެނަމަ އެކަމަނާ ވެ ވަޑައިގަންނަވާނީ އެމެރިކާގެ އެންމެ މަތީ މަގާމު އަދާކުރައްވާ އެންމެ ފުރަތަމަ އަދި ކަޅުނަސްލުގެވެސް އެންމެ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް