ފުރަތަމަ ހަފްތާގައި 8500 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދިިިން

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

ސްކޫލުތަކުގެ ދަރިވަރުންނަކީ ދުޅަ ހެޔޮ ކުދީންތަކަަށް ހެދުމުގެ ގޮތުން ފެށި ނާސްތާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8500 އަށް ވުރެ ގިނަ ދަރިވަރުންނަށް ފުރަތަމަ ހަފްތާގައި ނާސްތާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުރަތަމަ ހަފްތާގައި މިހާތަނަށް 8510 ދަރިވަރުންނަށް ނާސްތާ ދިން އިރު، އެކަމަށް ބެލެނިވެރިންނާ ދަރިވަރުންގެ ފަރާތުން ވަރަށް އެދެވޭ ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އޭގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށާއި އަހުލާގަަށް އަންނަ ބަދަލު އެނގެން ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޕައިލެޓް ޕްރޮގްރާމްއެއްގެ ދަށުން ނާސްތާ ޕްރޮގްރާމް އަދި ފަށައިފައިވަނީ އެންމެ 25 ސްކޫލެއްގައެވެ. އަދި ނާސްތާ ދެމުންގެންދަނީ ބެލެނިވެރިން އެކަމަށް އެދުމުންނެވެ. ކުދިންނަށް ނާސްތާ ތައްޔާރުކުރާނީ އެކަމަށްޓަކައި މިނިސްޓްރީ އިން ހޮވާ ކޭޓަރިން ހިދުމަތްދޭ ބައެކެވެ

ނާސްތާ ފުރަތަމަ އެންމެ 25 ސްކޫލުގައި ދޭން ފެށިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެން ހުރި ހުރިހާ ސްކޫލުތަކެއްގައިވެސް ދެވަނަ ޓާމް ކިޔެވުން ފެށުމުން ނާސްތާ ދޭން ފަށާނެކަމަށެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ކިރު،
ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެއެވެ.

comment ކޮމެންޓް