ބެއިޖިން ފިލްމު ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

"ބޮސް" ފިލްމުގެ ތަރިން-- ފޮޓޯ/ މުހައްމަދު އަފްރާހް

ޗައިނާގެ ބެއިންޖިންގައި އަންނަ އޭޕްރީލް މަހު ބާއްވާ ނުވަވަނަ ބެއިޖިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވުމަށް ފުރުސަތު ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އިން ބުނެފިއެވެ.

އެންސީއޭއިން ކުރި އިއުލާނުގައި ބުނީ މި ފެސްޓިވަލްގެ ހަތަރު ސެކްޝަނެއްގައި ފިލްމު ބައިވެރި ކުރެވޭނެކަމަށެވެ. ޓީއާންޓަން އެވޯޑް ކޮމްޕެޓިޝަން ސެކްޝަންގެ 10 ކެޓަގަރީގައި ވެސް ވާދަކުރެވޭނެކަމަށް އެންސީއޭއިން ބުންޏެވެ.

އެންސީއޭއިން ބުނީ "ފިލްމު ޕެނޮރާމާ އައުޓް އޮފް ކޮމްޕެޓިޝަން" ސެކްޝަންގައި ބައިވެރިކުރާ މޮޅު ފިލްމުތައް ފެސްޓިވަލް ތެރޭގައި ބެއިޖިން ތިއޭޓަރުގައި ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން 60 މިނެޓްއަށްވުރެ ކުރުނޫން ޑޮކިއުމެންޓްރީ ފިލްމުތައް ޑޮކިއުމެންޓްރީ ސެކްޝަންގައި ބައިވެރި ކުރެވޭނެ ކަމަށްވެސް އެންސީއޭއިން ބުންޏެވެ.

ބައިވެރިވާން ބޭނުން ފަރާތްތަކުން މިމަހުގެ 31 ގެ ނިޔަލަށް އޮންލައިންކޮށް ރެޖިސްޓޭޝަން ކުރުމަށް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް