މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންނަށް ބާއްވާ ފޯރަމް މިރޭ

މިއުޒިން އިންޑަސްޓްރީގެ ފަރާތްތަކަށް ފޯރަމެއް ބާއްވަނީ---

ދިވެހި މިއުޒިކް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަރާތްތަކަށް ހާއްސަ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނުގައި ބުނީ މިއުޒިކީ ދާއިރާގައި (ސަގާފީ އަދި ޒަމާނީ) ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށްގެން މިރޭ 20:45ގައި ޔޫތު ސެންޓަރުގެ ސެމިނަރ ރޫމްގައި ފޯރަމެއް ބާއްވާނެ ކަމަށެވެ.

އެންސީއޭއިން ބުނީ ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިރޭ ސޯޝަލް ސެންޓަރަށް ދިޔުމުން ފޯރަމުގައި ބައިވެރިވެވޭނެ ކަމަށެވެ.

"މި ދާއިރާގައި އުޅޭ މީހުންނަށް ފޯރަމުގައި ބައިވެރި ވެވޭނެ. ފަންނާނުންގެ ހިޔާލު ހޯދާލައި، މިއުޒިކް އިންޑަސްޓްރީއާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށްލުން އޮންނާނީ،"

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) މިހާރު ހިނގަމުން ދަނީ އަލަށް އުފެއްދި ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާގެ ދަށުންނެވެ.

comment ކޮމެންޓް