"ފެންޓާސްޓިކް ބީސްޓް 3"ގެ ޝޫޓިން ފަސްކޮށްފި

ފިލްމުގެ މަންޒަރެއް---

ވާނާ ބްރޯޒް ޕިކްޗާސް އިން ގެނެސްދޭ ފިލްމު ފެންޓާސްޓިކް ބީސްޓްސްގެ ތިންވަނަ ސީކުއަލްގެ ޝޫޓިން ފަސްކޮށްފިއެވެ.

ފިލްމުގެ ޝޫޓިން މިއަހަރު ޖުލައި މަހު ފެށުމަށް ކުރީން ހަމަޖެހިފައިވީ ނަމަވެސް ފިލްމުގެ ޝޫޓިން މިހާރު ފަށަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް ޔަޓްސް އެވެ.

ފިލްމުގެ ޝޫޓިން ފަސްކުރުމާ އެކު ފިލްމު ސިނަމާއަށް ގެނައުން ލަސްވާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ކުރިން މި ފިލްމުގެ ތިން ވަނަ ބައި ގެނެސްދިނުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރުގައެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ މެކްޔޫއެސްއޭ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ. ފިލްމުގެ ދެވަނަ ބައި މިދިޔަ އަހަރު ފަހުކޮޅު ގެނެސްދީފައިވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ނުކުތީ 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް