ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ކަންކަމުގައި އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ޑިސެމްބަރ 10، 2018: ރައީސް ސޯލިހު އއ. އުކުޅަހަށް ވަޑައިގެން ފަތުރުުވެރިންތަކަކާއެކު -- ފޮޓޯ/ ރައީސް އޮފީސް

ފަތުރުވެރިކަމާ ގުޅުންހުރި ބައެއް މުހިންމު ގަވައިދުތަކާއި އުސޫލުތަކަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ހިޔާލުތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެނޭކަމަށެވެ.

އަދި އެ ގަވާއިދުތަަކަށް އީމެއިލުންނާއި ލިޔުމުގެ ޒަރިއްޔާއިންވެސް ހިޔާލު ހުށަހެޅޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި އޭގެ އިތުރުން މިމަހުގެ 29 ވަނަ ދުވަހު ބޭއްވި "ގެސްޓުހައުސް ސިމްޕޯސިއަމް" ގައި ހުށަހެޅުނު ހިޔާލުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަން ތަންފީޒްކުރުމުގެ މަަސައްކަތް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއެކު މިހާރު ކުރިއަށްދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ ގަވާއިދުތަކަށް އިސްލާހު ގެންނަން ނިންމި މައިގަނޑު ސަބަބަކީ، ބައެއް ގަވާއިދު ތަކަކީ އެ ގަވާއިދުތައް ހެދިތާ ވަރަށް ދުވަސްވެފައިވާ ގަވާއިދުތަކެއް ކަމަށް ވާތީ ކަމަށެވެ.

އިސްލާހު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ގައިދުތައް:

  • - ފަޔާ ރެގުލޭޝަން
  • - ސެފްޓީ ރެގުލޭޝަން
  • - ވޯޓާ ސްޕޯޓްސް ރެގުލޭޝަން
  • - ރިސޯތް ރެގުލޭޝަން
  • - ޓްރެވެލް އެޖެންސީ ރެގުލޭޝަން
  • - ގެސްޓްހައުސްގެ ގަވައިދު
comment ކޮމެންޓް