ހިރިލަންދޫއިން ކަނޑިތަކެއް ފެނިއްޖެ

ހިރިލަންދޫން ފެނުނު ދެ ކަނޑި އަދި ވަޅި--ފޮޓޯ: ފުލުހުން

ތ. ހިރިލަންދޫއިން ކަނޑިތަކެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަނޑިތައް ފެނުނީ މިއަދު މެންދުރު އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ދެ ކަނޑި ފެނުނުކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ މިހާރު ތަހުގީގްކުރަމުންދާ ކަމަށެވެ.

ހިރިލަންދޫން ކަނޑިތަކެއް ފެނުނުއިރު މިއަދު ހެނދުނު އާޓިފިޝަލް ބީޗުގައި ކުރިން ޑައިންމޯ ހުރި ސަރަހައްދުގައި ފޮރުވާފައި ހުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ފުލުހުން ވަނީ ހޯދައިފައެވެ. އޭގެ ތެރޭގައި އެއް ކަޓަރާއި، ތިން ވަޅިއާއި ކަތިވަޅިއެއް ހިމެނެއެވެ. ފުލުހުން ދަނީ އެ މައްސަލަވެސް ތަހުގީގްކުރަމުންނެވެ.

comment ކޮމެންޓް