ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިއްޖެ

ކ. ތުލުސްދޫ: އެ ރަށުގައި ފަތުރުވެރިޔަކު ގެނބިގެން ފަރުވާ ދެމުން ދަނީ -- ފޮޓޯ/ ކެނޮޮޕަސްރިޓްރީޓް

ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބުމުގެ ސަބަބުން އޭނާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން އެބަ ދެއެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 15:29 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެރަށުގައި މޫދަށް އެރި އުޅުނު ޕާކިސްތާން ފިރިހެނަކު ގެބިގެން ތުލުސްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދާ ކަމަށެވެ.

ތުލުސްދޫ ހެލްތު ސެންޓަރުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މީހާރު އެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ތުލުސްދޫގައި ފަތުރުވެރިޔަކު ގެނބިގެން ފަރުވާދެމުންދާ އިރު، އިއްޔެ ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.

މިހާރަަކަށް އައިސް ރާއްޖޭގައި މުދަށް އެރި އުޅުމުގެ ތެރޭގައި މަރުވާ ފަތުރުވެރިންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ.

comment ކޮމެންޓް