ރިސޯޓެއްގެ މޫދުގައި ފަތުުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޕެރަޑައިސް އައިލެންޑް ރިސޯޓު --- ފޮޓޯ/ ބުކިން. ކޮމް

ޕެރަޑައިސް އައިލެންޑު ރިސޯޓުގެ މޫދުގައި ފަތުުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނުކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 15:15 އެހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު މާލެގެނެސް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ 16 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެހާދިސާގައި މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެއް ކަމަށެވެ.

ޓޫރިސްޓުން މަރުުވމާއި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓު ކުރަން ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް