ހެނދުނު އެކްސިޑެންޓުވީ ކުއްޖާ މަރުވެއްޖެ

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ކިޔުންތެރިއެއް

މިއަދު ހެނދުނު މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުއްޖާ މަރުވެއްޖެއެވެ.

މިއަދު ހެނދުނު 7:05 ހާއިރު މަސްމާރުކޭޓު ސަރަހައްދުގައި އެކްސިޑެންޓު ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވިީ 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އެކުއްޖާ ދުއްވި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

http://sun.mv/114197

އައިޖީއެމް އެޗުން ބުނީ އެކުއްޖާ މަރުވީ މިއަދު މެންދުރު 12.50 ހާއިރު ކަމަށެވެ. ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.

މިއަދު ހެނދުނު މާލޭގަިއ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނަކު މަރުވި އިރު މިއަދު މެންދުރު ލ. ލިންކު ރޯޑުގައިވެސް ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ.

comment ކޮމެންޓް