ލާމު ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގައިފި

ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓު --- ސަން ފޮޓޯ: ކިޔުންތެރިޔެއް

ލާމު ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ލިންކްރޯޑުގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކައްދޫ އެއާޕޯޓް ކުރިމަތިން ސައިކަލަކާއި ވޭނެއް ޖެހިގެންކަމަށް ފުލުހުން "ސަން"އަށް ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އެ މީހާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ.

ފުލުހުން ބުނީ ލިންކު ރޯޑު އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 56 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އޭނާގެ ކޮނޑުހުޅު ބިންދައިގެން ގޮސް މޭ މައްޗަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހެނދުނު މާލޭގައިވެސް ވަނީ، ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުންޖެހި، އެ ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

comment ކޮމެންޓް