ވިކީގެ 'އުރީ' ވެސް ލީކު ކޮށްލައިފި

އުރީ ދަ ސަރޖިކަލް ސްޓްރައިޓް ވަނީ އިންޓަނެޓްގައި ލީކުކޮށްލާފައި--

މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި ވިކީ ކޯޝަލްގެ ފިލްމު 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އިންޓަނެޓުގައި ލީކު ކޮށްލައިފިއެވެ. ފިލްމު ލީކު ކޮށްލައިފައި ވަނީ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ.

"ތަމިލްރޮކާޒް" އިން ފިލްމު ލީކު ކޮށްލައިފައި މިވަނީ ފިލްމު އުފެއްދި ޓީމުން ވަނީ އެކަމާ ދެކޮޅަށް ތަފާތު ބުރަ މަސައްކަތް ތަކެއް ވެސް ކޮށްފައި ވަނިކޮށެވެ. އަދި އެ ޓީމުގެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފާއި ތަރުހީބު ވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އޮންލައިންކޮށް ފިލްމު ޑައުންލޯޑު ކުރަން މަސައްކަތް ކުރަން މަސައްކަތް ކުރާ ނަމަ، އެކަން ކުރާ މީހަކަށް ފެންނަނީ ވިކީ ކޯޝަލް އަދި ބަތަލާ ޔާމީ ގޯތަމްގެ މެސެޖެކެވެ.

އެ ވީޑިއޯ މެސެޖުގައި ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ފިލްމު ޑައުންލޯޑު ކޮށްގެން ބެލުމުގެ ބަދަލުގައި ޓިކެޓެއް ނަގައިގެން ސިނަމާއަކަށް ގޮސް ފިލްމު ބެލުމަށެވެ. އެހެންނަމަވެސް "ތަމިލްރޮކާޒް" އިން މިވަނީ އެ ފިލްމު އެއްކޮށް ލީކުކޮށްލައިފައެވެ.

މިއީ އެ ގްރޫޕުން ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންދީ ފިލްމުތަކާއި ތަމަޅަ، މަލަޔާލަމް ފިލްމުތަކުގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް އެމީހުން ވަނީ ލީކުކޮށްލައިފައެވެ.

ވިކީ ކޯޝަލް، ޔާމީ ގޯތަމްގެ އިތުރުން މޯހިތު ރާއިނާ، ޕަރޭޝް ރާވަލް އަދި ކްރިތީ ކުޅާރީ ވެސް ފެނިގެންދާ އެ ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމު ވެގެންގޮސްފައި ވަނީ މި އަހަރުގެ އެންމެ ފުރަތަމަ ބޮލީވުޑް ހިޓަށެވެ.

'އުރީ' އަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އުރީގައި ހުރި އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރިސްޓުންތަކެއް ހަމަލާދީ އިންޑިއާގެ 19 ސިފައިން މަރާލި ހަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށްގެ މައްޗަށް އަދިއްތުޔަ ދާރް ޑައިރެކްޓުކޮށް އުފައްދައިފައިވާ ފިލްމެކެވެ.

comment ކޮމެންޓް