ޕިކަޕެއްގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ކިޔުންތެރިއެއް

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 07:05 ހާއިރު މި އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.

"އެކްސިޑެންޓްވި ކުއްޖާގެ ވިންދު ނުޖަހާ، ފަހުން ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ކުއްޖާގެ ވިންދު ޖަހާ ކަމަށް ޑަކްޓަރުން ބުނޭ،" ފުލުހުން ބުންޏެވެ.

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ކިޔންތެރިއެއް

ފުލުހުން އިތުރަށް ބުނީ މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާއަށް މިހާރުވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ޑަކްޓަރުން މައުލޫމާތުދޭ،"

މިއަދު ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އެކުއްޖާ ދުއްވި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އާދަޔާ ޚިލާފަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދުތައް ދުއްވުމާއި، އަދި އެނޫންވެސް ދުއްވުމުގެ ގަވާއިދާ ޚިލާފު ޢަލަމުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް