"ކަލަންކް"ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފި

ފިލްމުގެ މަންޒަރެއް---

މީގެ ފަނަރަވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް"ގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ޝޫޓިން ކާމިޔާބުކަމާ އެކީ ނިންމާލައިފިއެވެ.

ޕީރިއަޑް ޑްރާމާ "ކަލަންކް" ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.

ޝޫޓިން ނިންމާލުމަށްފަހު ވަރުން ދަވަން ކުރި ޓްވީޓްގައި ބުނީ ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާ އެކީ ނިންމާލެވުނު ކަމަށާއި މި ފިލްމަކީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ފިލްމު ކަމަށެވެ. އަދި ފޭނުން މާޔޫސްނުވާނެހެން ހުރިހާ ކާސްޓުންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ވަރުން އިތުރަށް ބުނީ ފިލްމު އަޅުވާ ތާރީހަށް އިންތިޒާރުކުރާ ކަމަށެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"

comment ކޮމެންޓް