ކުރީގެ ފަސް މެންބަރަކު ޓިކެޓު ކާމިޔާބު ކުރައްވައިފި

އެމްޑީޕީގެ ޓިކެޓު ލިބުނު ކުރީގެ މެމްބަރުން: (ކ-ވ) މާފަންނު މެދު ދާއިރާއަށް އިބްރާހިމް ރަޝީދު (ބޮންޑޭ)، ކެނދިކުޅުދޫ ދާއިރާއަށް އަހްމަދު އީސާ، ކިނބިދޫ ދާއިރާއަށް މުހައްމަދު ނާޝިޒް، ކޮމަންޑޫ ދާއިރާއަށް ހުސައިން ވަހީދު، ހުޅުދޫ ދާއިރާއަށް އިލްޔާސް ލަބީބު ---

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ހިމެނި ވަޑައިގެންނެވި ނަމަވެސް، 18 ވަނަ މަޖިލީހަށް ހޮވިވަޑައި ނުގަންނަވާ ފަސް ބޭފުޅަކު 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.

އެ ބޭފުޅުންނަކީ ކިނބިދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި މުހައްމަދު ނާޝިޒާއި ހުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބާއި މާފަންނު މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި އަހުމަދު އީސާ އަދި ކޮމަންޑޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ހުސެން ވަހީދެވެ.

ނާޝިޒް އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށި ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ. 18 ވަނަ މަޖިލީހުގެ އިންތިހާބުގައި އޭނާ ކިނބިދޫ ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވީއެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެއްވި އިލްޔާސް ލަބީބު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލްު ކުރައްވައިފައެވެ. ނަމަވެސް މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް ކާމިޔާބުވެ ވަޑައެއް ނުގަންނަވައެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވި އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކެނދިކުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި އަހުމަދު އީސަ އަކީ ވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާތައް ތަމްސީލު ކުރެއްވި މެންބރުންނެވެެ. ނަމަވެސް 18 ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ލައްވަން ޖެހިވަޑައިގެންނެވީއެވެ.

ކޮމަންޑޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި ހުސެން ވަހީދު ވެސް ވަނީ 17 ވަނަ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވައިފައެވެ.

comment ކޮމެންޓް