"ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

"ފްރެޝް" ނަމަކަށް ކިޔާ ދޯނި---

ތިން މީހުންނާއެކު ގދ ތިނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނީގެ ހަބަރެއްނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު 18:45 ހާއިރުކަމަށާއި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ "ފްރެޝް" ދޯނީގެ ދިގުމިނުގައި 17 މީޓަރު ހުންނަ ކަމަށެވެ. އަދި ދޯނީގެ ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުން އެމްއެންޑީއެފްއިން އެދެއެވެ.

comment ކޮމެންޓް