ދެހާހެއްހާ މަސްތުވާތަކެތީގެ ގުޅަ ކަސްޓަމްސް އިން އަތުލައިގެންފި

ކަސްޓަމްސް އިން އިއްޔެ އަތުލައިގަތް މަސްތުވާތަކެތީގެ ގުޅަތައް -- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއައި އައި ބަންގްލަދޭޝް އަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެއްގެ އަތުން 1936 މަސްތުވާތަކެތީގެ ގުޅަތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މިމީހާ ރާއްޖެ އައީ އިއްޔެ ބަންގްލަދޭޝް އިންނެވެ. އެނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތިގެ މަގުމަތީގެ އަގަކީ ދެ ލައްކައެއްހާ ރުފިޔާ ކަމަށް ކަސްޓަމްސް އަންދާޒާ ކުރެވޭ ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެމީހާގެ އަމަލުތައް ހުރިގޮތުން އޭނާ އާ މެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުން އެނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓްތަކެއްގައި 1936 އޮރެންޖް ކުލައިގެ ގުޅަތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގަތް ގުޅަތަށް އަޅާފައި ހުރި ޕެކެޓްތައް -- ފޮޓޯ/ ކަސްޓަމްސް

އެ ތަކެތި ޓެސްޓް ކުރި އިރު އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން (ޔާބާ) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނާއި އަތުލާގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް