ސާނަވީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

ދަރިވަރުންތަކެއް އިމްތިހާން ހަދަނީ---

މިދިޔަ އަހަރު އޮކްޓޯބަރު އަދި ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް ޖީސީއީ، އައިޖީސީއެސްއީ އަދި އެސްއެސްސީ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)އިން ބުނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ.

އަދި ރީޗެކަށް އެދި ހުށަހެޅުން އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ހުޅުވާލާފައި ވާނެ ކަމަށް ވެސް ޑީޕީއިން ބުނެއެވެ.

މިއަދު ސްކޫލުތަކުން ވަނީ ނަތީޖާ ދޫކުރަން ފަށާފައެވެ.

ޑީޕީއިން ބުނީ ޕްރައިވެޓް ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ކެންޑިޑޭޓުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެ ކަމަށެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިއަށް ދިޔަ ސާނަވީ އިމްތިހާނުގައި ރާއްޖެއިން 5،802 ދަރިވަރުން ބައިވެރިވިއެވެ.

comment ކޮމެންޓް