ރާޖަސްތާނުގައި ގެއްލުނު ދެ މީހެއްގެ ހަށިގަނޑު ވަޅަކުން ފެނިއްޖެ

ރާޖަސްތާނުގައި ގެއްލުނު ދެ މީހެއްގެ ހަށިގަނޑު ވަނީ ވަޅަކުން ފެނިފައި -- ފޮޓޯ: މިޑްޑޭ ފައިލް ފޮޓޯ

ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ރާޖަސްތާނުގައި ގެއްލުނު ދެ ލޯބިވެރިންގެ ހަށިގަނޑު ވަޅެއް ތެރެއިން ފެނިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި އެއީ 28 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނެކެވެ. އެދެ މީހުންނަކީ އަވަށްޓެރިން ކަމަށާއި އެއީ ދެ ލޯބިވެރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް އަންގާރަ ދުވަހުގެ ރޭގަ އެވެ. އަދި އެދެ މީހުން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ދޭހަވާ ހެއްކެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާޖަސްތާނުގެ ފުލުހުން ވަނީ އެދެ މީހުންގެ ޕޯސްޓްމޯޓަށް ހެދުމަށް ފަހު ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް