ދިރާގު ހައިސްޕީޑް ފައިބާ އަލިފުއްޓާއި ނިލަންދުއަށް ތައާރަފްކޮށްފި

ދިރާގުން ފ. ނިލަންދޫއަށް ހައި ސްޕީޑް ފައިބާ އިންޓަނެޓް ތާރަފް ކުރުން -- ފޮޓޯ/ ދިރާގު

މުއާސަލާތީ ކުންފުނި، ދިރާގުގުން ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރ. އަލިފުއްޓާއި ފ. ނިލަންދުއަށް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ދިރާގުން ބުނީ ފައިބާ އިންޓަނެތްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސަންޓަށްވުރެ ބޮޑު ބަޔަކަށް އެ ކުންފުނީގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

"ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަގޮތްތައް ހޯދައި ދެމުން. އެގޮތުން އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދާނެ،" ދިރާގުން ބުންޏެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޯޑު އެލެވެންސް ކަމުގައިވާ އެއް ޖީބީ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މިއަދު އަލަށް ތައާރަފް ކުރި ދެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މި ހިދުމަތް ފުރިަހަމަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް