ގެއްލުނު މީހާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ

ރ. ވަންދޫ -- ފޮޓޯ: މެޕްސައިޓްސް

ހުއިފިލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން ހޯދަނިކޮށް، އޭނާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވި ގޮތުގައި، ގެއްލިގެން ހޯދަނީ ރ. ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، އެވެ.

އެ މީހާ ގެއްލުނީ "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، ރަސްމާދޫ ކައިރީގައި އޮންނަ، ރ. ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ މީހުން ހުއިފިލަނޑާ ނަގަން ޑައިވް ފެށީ ހެނދުނު 8:45 ހާއިރު ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓައި ކަމަށެވެ. އަދި ފުލުހުންގެ ލޯންޗުގައި އޭނާ ދުވާފަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ފެނިފައިވާ އިރު އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް