ވާވޭއިން އެމެރިކާގައި ޖާސޫސް ނުކުރާކަމަށް ބުނެފި

ވާޭގެ ބާނީ ޗައިނާގެ ރައީސް އާއެކު ---

ޗައިނާގެ ޓެލެކޮމް ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން ބޭނުން ހުއްޓާލީ، ޗައިނާއިން އެގައުމުތަކަށް ޖާސޫސް ކުރާ ކަމަށް ބުނެއެވެ. ޗައިނާ އާއި އެމެރިކާ އާ ދެމެދު ވިޔަފާތީގެ ބޮޑު ހަނގުރާމައެއް ވެސް ފަށައި ދުނިޔޭގެ އިގްތިސޯދު ނުރައްކާތެރި ހިސާބަކަށް ވަނީ ގޮސްފައެވެ.

އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން އެންމެ ޖެހިލުންވާ އެއްކުންފުންޏަކީ ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭއެވެ. ވާވޭގެ އުފެއްދުންތަކުގެ ބޭނުންކޮށްގެން ޗައިނާ ސަރުކާރުން އެހެންގައުމުތަކަށް ޖާސޫސް ކުރާކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. އެކަމަކު، ވާވޭގެ ބާނީ ވަނީ އެމެރިކާގެ މި ވާހަކަތައް ދޮގުކޮށް ވާހަކަ ދައްކައިފައެވެ.

ވާވޭގެ ބާނީ ރެން ޒެންފީ ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އޭނާ އަކީ ޗައިނާގެ ކޮމިއުނިސްތު ޕާޓީގެ ސަޕޯޓަރެއްވެސް ކަމަށާއި ސަރުކާރުގެ އިސްވެރިންގެ އަރިސް މީހެއް ކަމަށެވެ.

"އެއްވެސް އިރެއްގައި [ޗައިނާ] ސަރުކާރުން އަހަރެންގެ ކިބައިން ނޭދޭ އެހެން ގައުމެއްގެ އެތެރޭގެ މައުލޫމާތު ހޯދައިގެން އެ ހިއްސާ ކުރަން،" އެމެރިކާގެ ތުހުމަތު ތަކަށް ރައްދު ދެމުން ރެން ބުނެފައިވެއެވެ.

"އެކަހަލަ ކަމެއް އަޔަސް އަހަރެމެން އެކަން ކޮށް ނުދޭނަން. އެ ޔަގީންކަން ދެން. ކަސްޓަމަރުންގެ ޒާތީ މައުލޫމާތަށް ވާވޭ އިން ރައްކާތެރިވާނެ،"

އެމެރިކާއިން ބުނެފައިވަނީ ވާވޭއިން އެމީހުންގެ ޓެލެކޮމް އިކުއިޕްމެންޓު ބޭނުންކޮށްގެން އެގައުމުގެ މައުލޫމާތު ޗައިނާ އާ ހިއްސާކުރާ ކަމަށެވެ. މީގެ އިތުރުން އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑުން ވަނީ ވާވޭގެ 5ޖީ އިކުއިޕްމެންޓު އެ ގައުމުތަކަށް އެތެރެކުރުމާއި ބޭނުން ކުރުންވެސް މަނާކޮށްފައެވެ.

ރެންގެ އަންހެން ދަރިފުޅު އަދި ވާވޭގެ ސީއެފްއޯ މެންގް ވެންޒޯ ކެނެޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. ދަރިފުޅު މަތިން ވަރަށް ހަނދާންވާ ކަމަށާއި އޭނާ ހައްޔަރު ކުރީ އެއްވެސް ކުށެއް ކޮށްގެން ނޫންކަމަށް ރެން ބުންޏެވެ.

comment ކޮމެންޓް