ޔޫއޭއީގެ ގައުމީ ތެޔޮ ކުންފުނީގެ އެކްޓިން ސީއީއޯއާ ޝާހިދު ބައްދަލުކުރައްވައިފި

ޔޫއޭއީގެ ގައުމީ ތެޔޮކުންފުނީގެ އެކްޓިން ސީއީއޯއާ ޝާހިދު ކުރެއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫއޭއީއަށް މިހާރު ރާއްޖޭގެ ސަރުކާރުގެ ވަފުދުން ކުރަމުންގެންދާ ދަތުރުގައި އެ ގައުމުގެ ގައުމީ ތެޔޮކުންފުނި، އަބޫ ދާބީ ނެޝެނަލް އޮއިލް ކޮމްޕެނީ (އޭޑީއޯއެންސ)ީގެ އެކްޓިން ސީއީއޯ ސައީދު އަލް މުބާރަކް އަލް ރަޝީދީއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ޔޫއޭއީގެ ދަތުރުގައި ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައިވެސް އިއްޔެ ވަނީ ސޮއިކޮށްފައެވެ،

ރޭ އަބޫދާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ.

އެ ދަތުރުފުޅަށްފަހު ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.

މީ ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ދެ ވަނަ ރަސްމީ ދަތުރުފުޅެކެވެ.

comment ކޮމެންޓް