މުދައްރިސުން ތަމްރީން ކުރުމަށް ވޯކްޝޮޕެއް ފައްޓައިފި

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ކީސްޓޭޖު ހަތަރަކަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ވޯކްޝޮޕެއް އިފުތިތާހުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދާއި މާދަމާ އަދި ބުރާސްފަތި ދުވަހު އަހުމަދިއްޔާ ސްކޫލްގައި އޮންނަ ވޯކްޝޮޕްގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން 100 ޓިޗަރުން ބައިވާ ކަމަށެވެ.

އަދި އެ 100 ޓީޗަރުން އިޚުތިޔާރު ކުރުމުގައި ސައިންސާއި ބިޒްނަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިސްކަންދީފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ވޯކްޝޮޕް އިފުތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެ ވޯކްޝޮޕްގެ ސެޝަންތައް ނަންގަވާ ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރު ޑޮކްޓަރް ޢަބްދުﷲ ރަޝީދު އާއި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް އާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ އިތުރުން ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްގެ ބޭފުޅަކު ހިމެނިވަޑައި ގަންނަވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އުނގަންނައި ދިނުމުގައި ސައިންސާއި ޓެކްނޮލޮޖީ އެންމެ ފުރިހަމަޔަށް ބޭނުން ކުރުމާއި 21 ވަނަ ގަރުނުގެ ހުނަރުތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުން ގަޔާވާ ގޮތަށް ކިޔަވައިދިނުން ބައްޓަން ކުރާނެ ގޮތްތައް އެ ވޯކް ޝޮޕްގެ ބައިވެރިންނަށް އުނގަންނައިދޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް