ވިލިމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމްއެންޑީއެފުން މީގެ ކުރިން އަލިފާން ނިއްވުމުގެ މަސައްކަތުގައި --- ފައިލް ފޮޓޯ: އެމްއެންޑީއެފް

ވިލިމާލޭގައި މީހުން ދިރިނޫޅޭ ފަޅު ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވިލިމާލޭ އެސްޓިއޯ ކައިރި ހުންނަ ސީޝަމް ގޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 3:11 ގައި ކަމަށާއި އަދި ވިލިމާލޭ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުން 14 މިނެޓްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ގެ އަކީ ދަނގަޑު ޓިނުން ހިޔާ ކޮށްފައި ހުރި ކުޑަ ކުޑަ ގެ އެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީހުން ނޫޅޭ ފަޅު ގެއެއްގައި އަލިފާން ބަޔަކު ރޯކޮށްލީ ތޯ ނުވަތަ ނޫންތޯ އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް