ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކުންފުނީގެ މަގާމު އުރީދުއަށް

ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވުން --- ފޮޓޯ/ އުރީދޫ

ގްލޯބަލް ބޭންކިންގް އެންޑް ފައިނޭންސް އެވޯޑްގައި ވޭތުވެ ދިޔަ އަހަރުގެ ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެ އެވެ.

ގްލޯބަލް ބޭންކިންގް އެންޑް ފައިނޭންސް އެވޯޑަކީ 2011 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

އުރީދޫ މޯލްޑިވްސްގް ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކާމިޔާބީއާ އެކު އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އުރީދޫގެ އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ނަޖީބު ވިދާޅުވި އެވެ.

" އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް. މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.

އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ހިއްސާ 8257 ހިއްސަދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ހިއްސާއަކީ އެ ކުންފުނީގެ ދޫކޮށްފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

"އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލުމުގެ މަގުސަދުގައި އިންވެސްޓްމަންޓު ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން ޤާއިމްކޮށްފައިވާ ސްޓްރެޓަޖީ ވަނީ މި ހާއްސަ އެވޯޑު ލިބުމަށް މަގުފަހިކޮށްދީފައި. އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށް." އުރީދޫގެ ޑައިރެކްޓަރު ދީނާ ހުސައިން ވިދާޅުވި އެވެ.

މިދިއަ އަހަރު އުރީދޫއަށް ވަނީ އެކްސެލަންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ ވެސް ލިބިފަ އެވެ.

comment ކޮމެންޓް