މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ

މީރުފެންފުށި --

މޫދަށް އެރި އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުއްޓާއި މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ މީހުންނަކީ ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން އައި ދެ މީހުން ކަމަށް އެނގިފައިވެ އެވެ.

އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 އެހާކަންހާ އިރު ކަމަށް ވިދާޅުވި އޭނާ އެވެ.

އެ ދެމީހުން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް