މެންޗެސްޓަރ ސިޓީގެ ފޯވާޑް ރަހީމް ސްޓާރލީންގް ތުއްތު ކުއްޖަކަށް ސިޓީއެއް ފޮނުވައިފި

ސްޓާރލިންގް އޭނަގެ ސަޕޯޓަރަކަށް އޮޓޮގުރާފް ދޭ މަންޒަރު

މެންޗެސްޓަރ ސިޓީއާއި އިނގިރޭސިވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވަޑު އުމުރުން 24 އަހަރުގެ ރަހީމް ސްޓާރލިންގް އޭނާގެ ތުއްތު ސަޕޯޓަރަކަށް އަސަރުން ފުރިގެންވާ ސިޓީއެއް ފޮނުވައިފިއެވެ. މި ކުއްޖާއަކީ ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މިކަން ސްޓާރލިންގް އަށް އެނގިފައިވަނީ އެ ކުއްޖާގެ މާމަ އެކަމުގެ ސަބަބުން އެކުއްޖާއަށް ކުރިމަތި ވަމުން އަންނަ އުނދަގޫތަކުގެ ވާހަކަ ހާމަ ކުރުމުންނެވެ.

ސްޓާރލިންގް އޭނަގެ ސަޕޯޓަރަކަށް އޮޓޮގުރާފް ދޭ މަންޒަރު

ސްޓާރލިންގް އަކީ ވެސް ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށްވެ އެކަމުގެ ވޭން ތަހަންމަލު ކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން މެންޗެސްޓަރ ސިޓީ އެންމެ ފަހުން ޗެލްސީއާއި ބައްދަލު ކުރި މެޗުގައި އޭނާއަށް ވަނީ އިންތިހާއަށް އެކަމުގެ އުނދަގޫތައް ކުރިމަތި ވެފައެވެ. "ސާބިތުވެ ހުންނާށެވެ. އެއްވެސް މީހަކު ތިބާގެ ހިއްވަރު ގެއްލުވާލުމުގެ ފުރުސަތު ނުދޭށެވެ." ތީ ވަރަށް ވިސްނޭ އަދި އެހާމެ ކެރޭ ކުއްޖެކެވެ. ތިބާ ގެ މާމަ ތިބާ ދެކެ ވަރަށް ފަޚުރުވެރި ވެއެވެ." ސްޓާރލިންގް އޭނާގެ ސިޓީގައި ބުނެފައިވެއެވެ.

މި އަހަރުގެ ޕްރިމިއަރ ލީގުގައި 9 ގޯލް ޖަހައި، މޮޅު ކުޅުމެއް ކުޅެމުން އަންނަ ސްޓަރލިންގް އޭނާ އަށް ޗެލްސީ މެޗުގައި ދިމާވި ނަސްލީ ތަފާތު ކުރުމުގެ އުނދަގުލުގެ ސަބަބުން ވަނީ އޭނަގެ އިންސްޓަގުރާމު ޕޭޖަށް އެކަން ހާމަ ކޮށް ޕޯސްޓެއްވެސް ކޮށްފައެވެ. "އަހަރެންނަށް އަސްލު ހެވުނެވެ. އެއީ އަހަރެންނާ ދިމާއަށް ގޮވި އެއްޗެހި އަޑު އިވިފައެވެ. އަހަރެން އުންމީދެއްވެސް ނުކުރަން އެމީހުންގެ ފަރާތުން ހެޔޮ ބަސް ތަކެއް އިވޭނެ ކަމަކަށް ވެސް." އޭނާ ބުންޏެވެ.

ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ތަފާތު އެކި ނަސްލުތަކަށް ނިސްބަތްވާ ކުޅުންތެރީންނާ ނަސްލީ ގޮތުން ދިމާކުރުމަކީ ވަރަށް ގިނައިން ކުޅުންތެރީން ކުރާ ޝަކުވާއެކެވެ.

comment ކޮމެންޓް