ސްވިޑަންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަރިޔަމް ވަހީދާ

ރާއްޖޭގައި ހުންނަ ސަވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަރިޔަމް ވަހީދާ އައްޔަނު ކުރި ކަމުގެ ލިއުން ހަވާލު ކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހުންނަ ސަވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓާ އަދި ދާދިފަހުން ޕީއެސްއެމްގެ ބޯޑަށް އައްޔަނު ކުރެއްވި މަރިޔަމް ވަހީދާ ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، މަރިޔަމް ވަހީދާ އެ މަގާމަށް އައްޔަނު ކުރެއްވި ފަތްކޮޅު ދެއްވާފަ އެވެ.

ރާއްޖޭގައި ހުންނަ ސަވެޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަރިޔަމް ވަހީދާ އައްޔަނު ކުރުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

އަދި އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ މަރިޔަމް ވަހީދާއާ ބައްދަލު ކުރައްވައި އެ މަގާމުގެ ޒިންމާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާމެދު މަޝްވަރާ ކުރައްވާފަ އެވެ.

ޕީއެސްއެމްގް ބޯޑުގައި ވެސް އިންނަވާ މަރިޔަމް ވަހީދާ އަކީ ޓީވީއެމުގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހަޅާ ދެއްވި ފަރާތެކެވެ. މީގެ ކުރިން ޓީވީއެމް ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބޯޑުގައި ވެސް މަރިޔަމް ވަހީދާ ހުންނެވި އެވެ.

comment ކޮމެންޓް