ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންއަކަށް ޑރ. ފަޒީލާ ވަހީދު

ޑރ. ފަޒީލާއަށް ޑީންކަމުގެ މަގާމުގެ ލިޔުން ހަވާލުކުރަނީ---

ގައުމީ ޔުނިވަސިޓ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މަގާމަށް ޑރ. ފަޒީލާ ވަހީދު އައްޔަން ކުރައްވައިފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑރ. ފަޒީލާއަށް ޑީންކަމުގެ މަގާމުގެ ލިޔުން ހަވާލުކޮށްދެެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.

ޑރ. ފަޒީލާ ޑީން ކަމާ ހަވާލުވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ އެމްއެންޔޫގެ ރިސާޗް ޑިޕާޓްމަންޓުގައެވެ. އަދި ޑރ. ފަޒީލާ ވަނީ 2000 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި މަސައްކަތް ކުރައްވައިފައެވެ.

ޑރ. ފަޒީލާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާއިން ހެލްތު ސާވިސް މެނޭޖްމަންޓުން ޕީއެޗްޑީ ހާސިލްކުރައްވައިފައެވެ.

ޑރ. ފަޒީލާ ވާހަކަދައްކަވަނީ---

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުމް ޑރ. ފަޒީލާ ވިދާޅުވީ މިއަދު އޭނާ ހަވާލުވީ ބޮޑު ޒިންމާއަކާ ކަމަށާއި އަދި އެ ޒިންމާ އަދާކުރުމަށް އެފްއެޗްއެސްއާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ފެކަލްޓީން ކުރާ އެކިއެކި ދިރާސާތައް ވެސް އިތުރުކުރާނެ ކަަމަށެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަކީ އެމްއެންޔޫގެ އެންމެ ދުވަސްވީ ފެކަލްޓީވެސް މެއެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ދަރިވަރުވެފައިވަނީވެސް އެ ފެކަލްޓީންނެވެ. އެ ފަކަލްޓީން ހިންގާ ކޯސްތަކުގެ ތެރޭގައި ނަރސިން އަދި ސިއްހީ ދާއިރާއާ ގުޅޭ ކޯސްތައް ހިމެނެއެވެ.

comment ކޮމެންޓް