ޝަހީމް ޕީޕީއެމުން ވަކިވެ ރިފޯމް ޕާޓީއަށް!

ޝަހީމް ޕީޕީއެމްއާ ގުޅިވަޑައިގަތް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނި: އޭނާ މިހާރު ވަނީ ޕީޕީއެމުން ވަކިވެފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ނިދިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީޕީއެމުން ވަކިވެއްޖެ އެވެ.

އަދި އަލަށް އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިދިޔަ ހަފްތާގައި އޭނާ ވާނީ ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެފައި ކަމަށާއި ނަމަވެސް އަދި ގުޅޭނެ ވަކި ޕާޓީއެއް ނު ނިންމާ ކަމަށެވެ.

"ސިޔާސީ ގޮތުން ވަކި ޕާޓީއެއްގެ މެންބަރަކަށް ށޭ އަޅުގަނޑު ވާނީ އެކަމާ މެދު އަދި ގޮތެއް ނިންމުމަށް ދަތި. އެއީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑު ފުރަނީ ރާއްޖެ އިން ބޭރުގެ ވަޒީފާއަކަށް،" ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި ޑރ. ޝަހީމް އެކުގައި މުހައްމަދު ދީދީ ލ. އަތޮޅުގައި ---

ނަމަވެސް ޝަހީމްގެ ގާތް ބޭފުޅެއް ކަމަށްވާ ކުރީގެ އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ޝައިހު މުހައްމަދު ދީދީ އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް ޕާޓީއާ ގުޅުމުގެ ދައުވަތު ދެއްވާފައިވާކަން ޝަހީމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ޕާޓީއާ ގުޅުމާ މެދު ވިސްނަވާނެ ކަމަށެވެ.

"އެ ބޭފުޅާ ހުންނެވި އަޅުގަނޑާ އެކު އެއްކޮށް މިދިޔަ ސިޔާސީ ކަންތައްތަކުގެ ތެރޭގައި. ދެން އެ ބޭފުޅާ ކުރާ ކަމަކާ އަޅުގަނޑާ ގުޅުން ނެތޭ ބުނުމަކީ ވެސް މީހުނަށް އެކަން ގަބޫލުކުރަން ދަތި ހިސާބަށް އަޅުގަނޑުމެންގެ ގާތް ކަން އަހްވަނަތްކަން އޮވޭ،" ޝަހީމް ވިދާޅުވި އެވެ.

އާ ޕާޓީއެއް އުފައްދަވަން މުހައްމަދު ދީދީ ފެއްޓެވި މަސައްކަތަކީ އިސްލާމީ އިސްލާހީ މަސައްކަތެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ކާމިޔާބު ދެއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅާއާ އެކު އަޅުގަނޑު ހުންނާނަން ހުރިހާ ހާލަތެއްގައި ވެސް. އަޅުގަނޑުގެ ހުރިހާ ހާލަތެއްގައި ވެސް އެބޭފުޅާ ހުންނެވީ އަޅުގަނޑާއި އެކީގައި. އެހެންވީމާ އެ ބޭފުޅާއާ ދުރަށް ދާން ޖެހޭ އެއްވެސް ހާލަތެއް އިރާދަ ކުރެއްވިއްޔާ ނާންނާނެ،" ޝަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް