"މުންނާ ބާއީ 3"ގެ ޝޫޓިން މި އަހަރު ފަށަނީ

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ކާމިޔާބު ފިލްމު ސީރީޒް 'މުންނާ ބާއީ'ގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓު ނިމިފައިވާ ކަމަށާއި މި އަހަރު ތެރޭގައި ޝޫޓިން ފެށޭނެ ކަމަށް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރު އަރްޝަދު ވާރްސީ ބުނެފި އެވެ.

މިހާތަނަށް 'މުންނާ ބާއީ'ގެ ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައިވާ އިރު، އެއީ ބެލުންތެރިގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކާމިޔާބު ދެ ފިލްމެވެ. ދެހާސް ތިން ވަނަ އަހަރު ރިލީޒް ކުރި 'މުންނާ ބާއި އެމްބީބީއެސް' އަށް ފަހު ފިލްމުގެ ދެވަނަ ބައި، 'ލަގޭ ރަހޯ މުންނާ ބާއި' ރިލީޒް ކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާރު 12 އަހަރު ވެފައި ވާއިރު، އެ ސީރީޒްގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައި ނުވަނީ ރަނގަޅު ސްކްރިޕްޓެއް ހަމަނުޖެހިގެން ކަމަށް ހިރާނީ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަރްޝަދު ބުނީ މިހާރު ފިލްމުގެ ސްކްރިޕްޓު މުޅިން ކަހަލަ ގޮތަކަށް ނިމި މި އަހަރު މެދު ތެރޭ ނުވަތަ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ހިރާނީ ބުނެފައިވާ ކަމަށެވެ. 'މުންނާ ބާއީ 3' ން ވެސް ސަންޖޭ ދަތު އަދި އަރްޝަދު ފެނިގެންދާނެ އެވެ. ނަމަވެސް ފިލްމުގެ އިތުރު ކާސްޓް އަދި ހަމަނު ޖެހޭ ކަމަށް އަރްޝަދު ބުންޏެވެ.

comment ކޮމެންޓް