ކޯޕަންހޭގަން ކައިރީ އާ ނުވަ ރަށެއް ހަދަނީ

ޑެންމާކުގެ ސަރުކާރުން ދަނީ ކޯޕަންހޭގަން ކައިރީ ބިން ހިއްކައިގެން އާ ނުވަ ރަށެއް ހަދަން ރާވަމުން -- ފޮޓޯ: އާބަން ޕަވާ

ކޯޕަންހޭގަން (ޖެނުއަރީ 8): ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ސިނާއީ ޑިސްޓުރިކްޓު ފުޅާ ކުރުމަށްޓަކައި އާ ނުވަ ރަށެއް ހަދަން އުޅޭކަން އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ޑެންމާކުގެ ސަރުކާރުން ބުނި ގޮތުގައި އެޕްރޮޖެކްޓުގެ ސަބަބުން ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ކޯޕަންހޭގަންއަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެގޮތުން އެރަށްތައް ހިއްކުމުން 3.1 މިލިއަން ސްކޮޔާ މީޓަރުގެ ބިން ލިބި، 380 ވިޔަފާރި އުފެދި، 12،000 ވަޒީފާ އުފެއްދޭނެ އެވެ.

މީގެ އިތުރުން އެނުވަ ރަށް ބޭނުން ކުރަން ފެށުމުން ގައުމުގެ އިގުތިސާދަށް އަށް ބިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ސަރުކާރުން ލަފާ ކުރެ އެވެ.

އެޕްރޮޖެކްޓު ފެށޭނީ ޑެންމާކުގެ ޕާލިމެންޓުގެ ރުހުން ލިބުމުންނެވެ. އަދި އެގައުމުގެ ސަރުކާރުން އުއްމީދު ކުރަނީ 2022 ވަނަ އަހަރު ރަށް ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ޑެންމާކްގެ ބިޒްނަސް މިނިސްޓްރީން ބުނި ގޮތުގައި އެޕްރޮޖެކްޓަށް ފައިސާ ހޯދަން ހަމަޖެހިފައި ވަނީ އަލަށް ހަދާ ރަށްތަކުން ބިން ވިއްކައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް