އޮރިޖިނަލް މޯބައިލް ފޯނާއި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އެކްސެސަރީސް އާއެކު "ހެލޯ ސިކްރެޓް" ނަމުގައި އާ މޯބައިލް ފިހާރައެއް ޗާންދަނީ މަގުގައި ހުޅުވައިފިއެވެ.
ަޗާންދަނީ މަގު ސޮނީ ސްޕޯޓްސްއާ ޖެހިގެން ހުޅުވި މި ފިހާރައިގައި މޯބައިލް ފޯނުތައް ރިޕެއާ ކުރުމަށް ސާވިސް ސެންޓަރެއް ގާއިމްކޮށްފައެވެ.
މި ފިހާރަ ހުޅުވުމުގެ ގޮތުން ވަނީ އަސްލު މަލާއި ފަތް ބޭނުންކޮށްގެން ހަދާފައިވާ ފޯނު ކަވާ ސީރީސް އެއް ތައާރަފް ކޮށްފައެވެ.
ފިހާރަ ހިންގާ ކުންފުނި މެގަ ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓާ ފަތިމަތު ފިރުޝާން ވިދާޅުވީ، މި މިފިހާރައިން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ، އެޕަލްސް، ސެމްސަންގް، ވާވޭ، ޒިއޯގެ އެންމެ ފަހުގެ ފޯނުތައް ލިބެން ހުންނާނެ ކަމަށެވެ، އަދި އިޕެއާ ސެންޓަރުން ރިޕެއާ ކުރަން ބޭނުން ކުރާނީ އެންމެ ފަހުގެ ސްފްޓްވެއާ ކަމަށާއި އެޑްވާންސް ކޮށް އެއްވެސް ފައިސާއެއް އެ ފިހާރައިން ނުނަގާނެ ކަަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އޮރިޖިނަލް އުފެއްދުންތަކާއެކު، ކަސްޓަމަރުންނަށް ހިތްހަމަ ޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން. އަދި އެންމެ ފަހުގެ އުފެއްދުންތައް ވީ އެންމެ ހެޔޮ އަގެއްގައި ފޯރުކޮށްދިނުން،" ފިރުޝަން ވިދާޅުވިއެވެ.
ހެލޯސީކްރެޓުން ވިއްކާ އެކްސެސަރީޒް ބްރޭންޑްތަކަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި މަގުބޫލުކަން ހޯދައިފައިވާ ކޮލިޓީ ބްރޭންޑް ތަކެކެވެ. އޭގެ ތެރޭގައި އެޕަލް އާއި ސަމްސެންގް ގެ އިތުރުން މޯބައިލް އެކްސަސަރީޒް އަށް ހާއްސަ ބްރޭންޑްތައް ކަމުގައިވާ ބޭސްޔޫސްއެސް، އަވޭއީ އަދި ރިމެކްސް ގެ އެންމެ ފަހުގެ އުފެއްދުންތައް ހިމެނެއެވެ.