ޖަޕާނުގެ ނީލަމެއްގައި 3.1 މިލިއަން ޑޮލަރަށް ކަންނެއްޔެއް ވިއްކައިފި

"ޓޫނާ ކިންގް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ކިޔޯޝީ ކިމުރާ 3.1 މިލިއަން ޑޮލަރަށް ގަތް ކަންނެއްޔާ އެކު -- ފޮޓޯ: ސީއެންއެން

ޓޯކިޔޯ (ޖެނުއަރީ 8): ޖަޕާނުގެ ޓޯކިޔޯގެ މަސް މާރުކޭޓެއްގައި ބޭއްވި ނީލަމެއްގައި ކަންނެއްޔެއް ރެކޯޑު އަގަކަށް ވިއްކައިފިއެވެ.

ބަރުދަނުގައި 278 ކިލޯ ހުރި އެ ނޫ އުރަހަ ކަންނެލި ވިއްކާފައި ވަނީ 3.1 މިލިއަން ޑޮލަރަށެވެ. އެމަސް ގަނެފައި ވަނީ ސޫޝީ ރެސްޓޯރެންޓެއްގެ ވެރިޔެއް ކަމަށްވާ ކިޔޯޝީ ކިމުރާ އެވެ.

"ޓޫނާ ކިންގް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ކިމުރާ މީގެ ކުރިން އެންމެ ބޮޑު އަގަކަށް މަހެއް ގަތީ 2013 ވަނަ އަހަރު 1.4 މިލިއަން ޑޮލަރަށެވެ.

"ކަންނެލި ބޮޑު ކަމުންނާއި ތާޒާ ކަމުން ވަރަށް މީރުވާނެ ހެން ހީވޭ،" ކިމުރާ ބުންޏެވެ.

ޖަޕާނަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ކަންނެލި ބޭނުން ކުރާ ގައުމެވެ. އަދި ނޫ އުރަހަ ކަންނެންޔަކީ ނެތިގެން ހިނގައި ދާނެ ކަމުގެ ބިރުހީވެފައިވާ ބާވަތެއް ނަމަވެސް، ޖަޕާނުން އެބާވަތުގެ ކަންނެލި ގިނަ އަދަދަކަށް ބާނަމުން ދާތީ ދުނިޔޭގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް