ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސް މީޑިއާގައި ނުދެއްކުމަށް ފުލުހުން އިލްތިމާސްކޮށްފި

---

ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސް މީޑިއާގައި ނުދެއްކުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މީސް މީޑިއާގައި އެކި ފަރާތްތަކުން މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ވާހަކަތައް ދައްކައި އެކަކު އަނެކަކަށް އިންޒާރުދީ ހަދާތަން ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެފަދަ މައްސަލަތައް ބަލަމުން. އަދި އެއް ފަރާތުން އަނެއް ފަރާތްތަކަށް ކުޑައިމީސްކޮށް އަނެކާއަށް ހުތުރުވާގޮތަށް ބަސްތައް ބޭނުންނުކޮށް، ހާއްސަކޮށް އިންޒާރުދީ ނެހެދުމަށް ގޮވާލަމެވެެ." ފުލުހުންގެ ޓުވީޓުގައި ވެއެވެ.

ފާއިތުވި ދުވަސްތަކުގައި މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކި މައްސަލަތަކާ މެދު ވަރަށް ހޫނު ބަހުސްތަކެއް ކުރަމުންނެވެ. އަދި އޭގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ނިސްބަތްކޮށް "ލާދީނީ" ފަދަ ނަންތައް ބޭނުންކުރުމާއި އަދި ދީނީ ގޮތުން މާނަ އޮޅި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ފަދަ ގޮތަށް މީސް މީޑިއާގައި ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

comment ކޮމެންޓް