މެލޭޝިއާ ސަރުކާރު މައި ޕާޓީގެ ލީޑަރާ އިމްރާން ބައްދަލު ކުރައްވައިފި

އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން ޕީކޭއާރު ޕާޓީގެ ލީޑަރު އަންވަރު އިބްރާޙިމް އާ ބައްދަލު ކުރެެއްވުން -- ފޮޓޯ/ އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެހް އިމްރާން އަބްދުﷲ، މެލޭޝިއާ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، "ދަ ޕީޕަލްސް ޖަސްޓިން ޕާޓީ (ޕީކޭއާރު)ގެ ލީޑަރު އަންވަރު އިބްރާހިމް އާ ބައްދަލު ކުރައްވައިފި އެވެ.

މެލޭޝިއާ ސަރުކާރު ކޯލިޝަންގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އަންވަރާ ޝޭހް އިމްރާން ބައްދަލު ކުރެއްވީ އަންވަރުގެ ގެކޮޅުގަ އެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ބުނީ ޝޭހް އިމްރާން މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގައި ދެ ލީޑަރުން ބައްދަލުކޮށް އިސްލާމީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ޑިމޮކްރެޓިކް ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީ އާއި ޕީކޭއާރު ޕާޓީ، ގުޅިގެން ދެ ޕާޓީގެ މަންފާއަށްޓަކައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އަންވަރު އިބްރާން ދެއްކެވި ވާހަކަފުޅުގައި ދެ ޕާޓީގެ މެދުގައި ވަރަށް ގާތް އަހުވަންތައް ގާތް ގުޅުމެއް އޮތުމަށް އެދިވަޑައިގަންވާ ކަމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އާ ބައްދަލު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި އިމްރާންގެ ޕޮލިޓިކަލް އެޑްވައިޒާ ދާތޯ މުހައްދު ޒަކީ (ނަޒާކީ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް