ރިޝީ ފަރުވާ ހޯދަނީ ކެންސަރު ބައްޔަކަށް ނޫން

ރިޝީ ކަޕޫރު އާއިލާއާ އެކު --

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިޝީ ކަޕޫރު ނިއު ޔޯކުގައި ފަރުވާ ހޯދަމުން އަންނަނީ ކެންސަރު ބައްޔަކަށް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އޭނާގެ ބޭބެ ރަންދީރު ކަޕޫރު ދޮގުކޮށްފި އެވެ.

ރިޝީ ސިއްހީ ފަރުވާ އަކަށް ނިއު ޔޯކަށް ދިޔަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރިޝީ ނިއު ޔޯކަށް ފުރި ދުވަހުން ފެށިގެން ވެސް އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ވާހަކަ ދައްކަމުންނެވެ.

އަދި އައު އަހަރުގެ ތަހުނިޔާ އާ އެކު ރިޝީގެ އަންހެނުން ނީތޫ ސިންގް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯ އާއެކު ލިޔެފައިވާ ލިޔުންކޮޅުގެ ސަބަބުން އެ ވާހަކަތައް އަލުން ދެކެވެން ފެށުނެވެ.

ނީތޫ އެ ޕޯސްޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ކެންސަރަކީ ހަމައެކަނި ރާއްސެއްގެ ގޮތުގައި އޮންނާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

އެ ހިސާބުން ނީތޫގެ އެ ކެޕްޝަން އަމާޒުކޮށްފައި ވަނީ ރިޝީގެ ބައްޔަށް ކަމަށް ބުނެ މީހުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އެވެ. ނަމަވެސް ރަންދީރު ބުނީ ރިޝީއަށް ކެންސަރު ނުޖެހޭ ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރިޝީގެ ހާލު ރަނގަޅު ކަމަށާއި، ވަރަށް އަވަހަށް ރިޝީ އެނބުރި އިންޑިއާއަށް ދާނެ ކަމަށް ވެސް ރަންދީރު ބުންޏެވެ.

comment ކޮމެންޓް