ރަވީގެ އާ ފިލްމަކީ "ގޯނާ"!

ރަވީގެ ކުރިއަށް އޮތް ފިލްމު "ގޯނާ"---

ދިވެހި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ބަތަލު ރަވީ ފާރޫގުގެ އާ ފިލްމެއް އިއުލާންކޮށްފިއެވެ.

"ނިވައިރޯޅި" ޕްރިމިއާ ކުރި އިވެންޓްގައި އިއުލާންކުރި ފިލްމަކީ "ގޯނާ"އެވެ. ނިއުމާ މުހައްމަދު އާއި އޭނާގެ ދަރިފުޅު ޒޯޔާގެ ކުންފުނި "ނިއުޒޯ ފިލްމްސް" އިން ތައްޔާރުކުރާ މި ފިލްމަކީ 2017 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ވިޝްކާ"އަށް ފަހު ރަވީ ތައްޔާރުކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު ފިލްމާ ބެހޭ އިތުރު ތަފްސީލް ފަހުން ހިއްސާކުރާނެ ކަމަށް ޕްރިމިއާ އިވެންޓްގައި ނިއުމާ ބުންޏެވެ.

ރަވީ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އިނގިލި" އަދި "މިކޮއެ ބައްޕަ ބައޭބައޭ" ހިމެނެއެވެ.

ދެހާސް ސާދަ ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު "އިނގިލި"އަށް ބްރޯޒް މެޑަލް ލިބިފައިވާއިރު، ފިލްމު އެވޯޑުގައި "އިނގިލި" 14 ދާއިރާއަކުން ނޮމިނޭޓްވެ، އެންމެ މޮޅު ފިލްމް އެވޯޑާ އެކު ޖުމްލަ 11 އެވޯޑް ވަނީ އުފުލާލާފަ އެވެ.

comment ކޮމެންޓް