ދީޕިކާގެ ވެބްސައިޓް ލޯންޗްކޮށްފި

ދީޕިކާ ޕަދުކޯން--

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯންގެ އޮފިޝަލް ވެބްސައިޓް އިއްޔެ ލޯންޗްކޮށްފިއެވެ.

ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ފޮޓޯގައި ވެބްސައިޓް ލިޔެ ފޮޓޯއެއް އާންމުކޮށްފައެވެ. މި ފޮޓޯގެ ކަނަކުން ކިއުއާރު ކޯޑެއް ވެސް ވަނީ ހިމަނާފައެވެ.

''ދީޕިކާޕަދްކޯން.ކޮމް'' ވެބްސައިޓް ލޯންޗްކުރުމަށްފަހު އޭނާ ބުނީ އުފާވެރި ހަބަރެއް ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ. އަދި އެ ޕޯސްޓާ އެކު އިންސްޓަގްރާމްގައި އޭނާ ވަނީ ކައުންޓް ޑައުން ފަށާފައެވެ.

އޭނާގެ ފޭނުން އަދި ފިލްމީދާއިރާގެ ތަރިން އަންނަނީ ދީޕިކާގެ 33 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމް "ޕަދްމާވަތު" އިންނެވެ.

comment ކޮމެންޓް