ނިއުމާގެ ފިލްމީ ކެރިއަރު ރިޝްމީ އާއި ރަވީގެ ޓްރިބިއުޓަކުން!

ރިޝްމީ އަދި ރަވީގެ ހުށަހެޅުމުގެ ތެރެއިން-

ފިލްމީދާއިރާގައި އަބަދަށް ފެހި ނިއުމާ މުހައްމަދު ސްކްރީނުން ގެއްލުމަކީ އެދާއިރާއަށް ފަޅުކަމެއް ލިބޭނެ ކަމެކެވެ.

ނިއުމާ ސްކްރީނުން ގެއްލުނީ ބެލުންތެރިންނަށް ހަދިޔާއެއް ދޫކޮށްލާފައެވެ. އެއީ އޭނާގެ އެންމެ ފަހު ފިލްމު "ނިވައިރޯޅި"އެވެ. ބޮޑު އުންމީދުތަކަކާއެކު ފިލްމު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާކޮށްފައެވެ.

ފިލްމުގެ ޕްރިމިއާ ނައިޓްއިން ފެނިގެންދިޔަ އެންމެ ހާއްސަ ހުށަހެޅުމަކީ ރިޝްމީ ރަމީޒް އަދި ރަވީ ފާރޫގްގެ ޓްރިބިއުޓެވެ. ފަސް ވަރަކަށް މިނެޓުތެރޭ ނިއުމާގެ އެންމެ މަގްބޫލުވި އަށް ވަރަކަށް ލަވައިގެ ލަވަ ސެޓަކުން ނިއުމާގެ ފިލްމީ ކެރިއަރު ވަނީ ދެތަރިން ހުށަހަޅާލަދީފަ އެވެ.

ރިޝްމީ އަދި ރަވީގެ ހުށަހެޅުމުގެ ތެރެއިން---

"އެ ކީއްވެހޭ ނިވާވަމުން އެ ހަނދު ފިލީ"، "ރުހެންޏާ ލޯބިދީ"، "ޖާދޫގަރް" ފަދަ މަގްބޫލު ލަވަތަކަށް މިދެތަރިން ވަނީ ނަށާފައެވެ. އަދި ލަވަތަކުގެ މަގްބޫލު ސްޓެޕްތައް ވަނީ ދައްކާލާފަ އެވެ.

ލަވަ ސެޓް ހުށައަޅައިދިނުމަށްފަހު ނިއުމާ ސްޓޭޖަށް އަރުވައި ރިޝްމީ އަދި ރަވީ ބުނީ ނިއުމާގެ މުޅި ފިލްމީ ހަޔާތް ފަސް ވަރަކަށް މިނެޓުން ގެނެސް ނުދެވޭނެ ކަމަށެވެ. އަދި ނިއުމާ ހުރި މަގާމަށް ފިލްމީ ދާއިރާގެ އެއްވެސް މީހަކަށް ނާދެވޭނެ ކަމަށް ރިޝްމީ ބުންޏެވެ.

އައިޓަމަށްފަހު ރިޝްމީ ވާހަކަދައްކަނީ--

"މިދާއިރާގައި ނިއުމާ ހުރި މަގާމަށް އެއްވެސް ތަރިއަކަށް ނާދެވޭނެ. ނިއުމާ ރީޕްލޭސްއެއް ނުކުރެވޭނެ،"

comment ކޮމެންޓް