"ޗީޓް އިންޑިއާ" ރިލީޒްކުރުން ހަފްތާއެއް އަވަސްކޮށްފި

އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ދޯހަޅި ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ސޯމިކް ސެން އުފައްދައިފައިވާ ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނެސްފި އެވެ.

ކުރިން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ފިލްމު ރިލީޒް ކުރުން ހަފްތާއެއް އަވަސްކޮށް، ޖެނުއަރީ 18ގައި ރިލީޒު ކުރުމަށް ހަމަޖައްސައިފަ އެވެ.

'ޗީޓް އިންޑިއާ' ރިލީޒްކުރުން އަވަސްކުރީ ނަވާޒުއްދީން ސިއްދީގީގެ ކުރިއަށް އޮތް ފިލްމު 'ތާކްރޭ' އާ އެއްދުވަހެއްގައި ފިލްމު ރިލީޒް ނުކުރުމަށެވެ.

އިންޑިއާގެ ކުރީގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރު ބާލް ތާކްރޭގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ 'ތާކްރޭ' އަކީ މި އަހަރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. އަދި ތަކްރޭގެ ސިޔާސީ ޕާޓީ ޝިވް ސޭނާ އިން ވަނީ އެ ފިލްމާ އެކު އެހެން ފިލްމެއް ރިލީޒް ނުކުރުމަށް އެދިފަ އެވެ.

އިމްރާން ހާޝްމީ ލީޑު ރޯލުން ފެނިގެންދާނެ 'ޗީޓް އިންޑިއާ' ފަސްކުރީ އެހެންވެ އެވެ. 'ޗީޓް އިންޑިއާ' އަވަހަށް ރިލީޒްކުރި ނަަމަވެސް، ކަންގަނާ ރަނާވަތުގެ 'މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ރިލީޒް ކުރާނީ 'ތާކްރޭ' އާއި އެއްދުވަހެއްގަ އެވެ.

comment ކޮމެންޓް