އައްޑޫ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވަނީ ނެރެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވެ އައްޑޫ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށާއި އެހިސާބުތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާކަމަށެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 18:15 އިން މިރޭ އިން 21:15 އަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކޮށް، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް