މޯލްޑިވިއަންގެ ފްލައިޓުތަކުގައި ލުއިކާނާ ދޭން ފަށަނީ

މޯލްޑިވިއަންގެ ބޯޓެއް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެތެެރޭގެ އުދުހުންތަކުގައި ލުއި ކާނާ ދޭން ފަށަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން" އަށް މިއަދު ވިދާޅުވީ ލުއިކާނާ ދިނުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ބަލަމުންގެންދަނީ މިހާރު މި ކަންތައް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ. އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަން އެބަ. އިރާދަ ކުރެއްވިއްޔާ ދެތިން މަހެއްގެ ތެރޭގައި ފެށޭތޯ މިބަލަނީ،" ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން މީގެ ކުރިން އެެތެރޭގެ އުދުހުންތަކުގައި ދެމުންގެންދިޔައީ ހަމައެކަނި ޖޫސް ފަދަ ބުއިމެވެ. އަދި ފްލައިޓުން ކާއެއްޗެތި ނުލިބޭތީ ވަރަށް ގިނަ ބަޔަކު އަބަދުވެސް ޝަކުވާ ކުރެއެވެ.

comment ކޮމެންޓް